ލޭންޑް ޔޫސް ޕްލޭން ޓްރެއިނިންގ ރިކޯޑިންގ

މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރުކުރި ބްރެޒިލް މީހާ އަށް އެނގެނީ ޕޯޗްގީޒް ބަހާއި ސްޕެއިން ބަސް އެކަނި ކަމަށާއި އެހެންވެ އޭނާ ހައްޔަރުކުރި އިރު އޭނާއަށް އެނގޭ ބަހަކުން ގާނޫނީ އިންޒާރު ދޭން ބޭނުންކުރީ ގޫގުލް ޓްރާންސްލޭޓް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
އުމުރުން 31 އަހަރުގެ މި އަންހެން މީހާގެ ބަންދަން ކްރިމިނަލް ކޯޓުން އިއްޔެ ދެ ދުވަސް އިތުރުކުރި އަމުރުގައި ބުނެފައިވަނީ ބަންދަށް ކުރު މުއްދަތެއް ދިނީ އެ މީހާއަށް ތަރުޖަމާނަކު ހަމަޖެއްސިފައި ނެތުމުން، ތަރުޖަމާނެއްގެ ހާޒިރުގައި އޭނާގެ ބަންދުގެ މުއްދަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށް ޝަރީއަތުން ދެކޭތީ ކަމަށެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި އިރު ވެސް ތަރުޖަމާނަކު ހަމަޖެއްސިފައި ނެތުމުން، އޭނާގެ ބަންދުގެ މައްސަލަ އިއްޔެ ތާވަލްކުރީ ވެސް އެންމެ ފަހަށެވެ. އަދި އެ އަންހެން މީހާ ކޮވިޑަށް ޓެސްޓު ކޮށްފައި ނުވާތީ އަޑުއެހުން ކުރިއަށް ގެންދިޔައީ ވެސް އޮންލައިންކޮށެވެ.
ކަސްޓަމްސް އިން ހިފެހެއްޓި މި އަންހެން މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 3.197 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. ކަސްޓަމްސް އިން މި ތަކެތި ޓެސްޓު ކުރި އިރު އެ ތަކެތި ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 15،980،000ރ އަރާކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.